ﷲ އާއި އެކަނލާގެރަސޫލާގެ ޙައްޤުތައް އަދާނުކުރާ ވެރިން ރައްޔިތުންގެ ޙައްޤުތައް އަދާކުރާނީ ކިހިނެއްހެއްޔެވެ؟

ވެރިކަންކުރާ މީހުން ބުނަމުންގެންދަނީ މިއީ ރައްޔިތުންނަށް ހެވާއި ލާބަ އެދިގެން އުޅޭ ސަރުކާރެކޭ އެވެ. އަދި ދިރިއުޅުމުގެ ހުރިހައިކަމެއްވެސް އަތާއި ފައި ފޯރާހިސާބަށް ގެންނާނެކަމުގައެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ އަމިއްލަ އެދުމާއި ހަވާނަފްސުގެ މުޑުދާރުކަމުން ތެމިފޯވެގެންވާޙާލު ރައްޔިތުންގެ ލޭބޯ ނަޖިސް އަދި ދޮގޮވެރި ސަރުކާރެކެވެ.
ކޮންމެއަކަސް އިދިކޮޅު ފަރާތްތަކުގެ ބުނުންތަކަށް ބަލާލަމާހެއްޔެވެ.
މިއަދު މާރާމާރީގެ ވާހަކަތައް ގިނަވެގެން މިއުޅެނީ ޑޮލަރުގެ އަގުބޮޑު ކުރުމާއި ގުޅިގެންނެވެ. މީގެ ކުޑަކުޑަ މިސާލެއް ބަލަމާ ހެއްޔެވެ؟ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާވިއްކުމުގެ ޤަވާޢިދު ޢާއްމުކުރުމުގެ ކުރިން މުޅި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ބަނގުރާގެ މައްސަލަތައް ކުއްލިއަކަށް ފެންމަތިވިއެވެ. މި މައްސަލަގަނޑުގެ ތެރޭގައި އިއްތިފާޤުންނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސްކަމަށް ބުނާ ރީކޯ މޫސާމަނިކުގެ ކާރުގެ ޑިކީން ބައިވަރު ބަނގުރާފުޅިތައް އަތުލައިގަނެވުނެވެ. އައްޑޫ ފޯއްމުލަކުގެ ވަލުތެރޭގައި ބަނގުރާ ކައްކާ ވާހަކަ ދުވާލަކު އެއްފަހަރު އަޑުއިވެއެވެ. މާލޭގެ އެކިއެކި ގެސްޓްހައުސްތަކުން ދެއިރު ދެދަޅައަށް ފުޅިތައް އަތުލައިގަނެވެއެވެ.
މިހުރިހާ ކަމެއްގެ ބޭނުމަކީ އެންމެ ކަމެކެވެ. ރައްޔިތުން ނުތަނަވަސް ކުރުމާއި މިއީ މިހާރު އާއްމުވެއްޖެ ކަމެއްކަން މީސްތަކުންނަށް ވިސްނައިދީ ދެން މިހާރު ޤަވާޢިދު ހަދައިގެން ވިއްކަންވީކަމުގައި ބުނެދިނުމެވެ. އެހިސާބުން އެއްކަލަ ޤަވާޢިދު ބޯމަތިވިއެވެ. ދެން އެވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކާށޯއެވެ. އަޅެ ނިކަން ވިސްނައިބަލާށެވެ. ﷲ އާއި އެކަނލާގެ ރަސޫލާގެ ޙައްޤުތައް އަދާނުކުރާ ވެރިން ރައްޔިތުންގެ ޙައްޤުތައް އަދާކޮށްފާނެ ހެއްޔެވެ؟ ތިޔަތިބީ މޮޔަވެފައިހެއްޔެވެ؟ އެއީ ދުވަހަކުވެސް ވާނެ ކަމެއްނޫނެވެ. ދެފަހަރު ހަމައަށް ނަމާދު ނުކުރާ އެބަޔެއްގެ ބޮލުގައި ބަނގުރަލުގެ މުޢާމަލާތްކުރާކަމުގެ ތުހުމަތު ކުރެވި ބަދުއަޚްލާގުން ގަސްފަޅައިފައިތިބި ބަޔަކު ރައްޔިތުންނާއި މެދު ގެންގުޅޭނީ ގެރިބަކަރީގެ އުސޫލެވެ. މިއީ އިނގިރޭސިބަހުން ބުނާނަމަ ކޮމަންސެންސްއެވެ. މިއީ ހަމަ ބުއްދީގެ ވާހަކައެވެ. ތިމާމެން ދުނިޔަވީ ކަންކަމުގައި ގެއްލިފައިވާލެއް ބޮޑުކަމުން އަދިވެސް ފާޑުފާޑުގެ ޝައްކުވެ ސަރުކާރުން ރައްޔިތުންނަށް ހެޔޮއެދޭނެކަމުގެ ދޮގުހީތައް ކޮށްގެން ތިބެނީ އަހަރެމެންގެހުރި ޣާފިލުކަމުންނޫން ދެން އެހެން ކޮންކަމަކާހެއްޔެވެ؟
އާދެ! މާރާމާރީގެ މައްސަލަތަކުގައި ނިކަން ވިސްނަމާ ހެއްޔެވެ؟ ދުނިޔެ އަމާންވާނީ ﷲ އާއި ރަސޫލުގެ ޤާނޫނާއި ޤަވާޢިދުތައް ތަންފީޒުކޮށްގެންކަން ނޭގޭ ވަރުގެ އެއްވެސް ދިވެއްސަކު 40 އަހަރުވެފައި މި ބިންމަތީގައި ހުރި ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. ރައީސް ނަޝީދަކީވެސް 40 އަހަރުން މަތިވެފައިވާ ދަތްދޮޅީގައި އިސްތަށިނެތަސް ބޮޑުސިންގާ ފިރިހެނެކެވެ. ޑިމޮކްރަސީގެ ފޭކްކަމާއި މަކަރުވެރިކަމާއި އެއީ ރައްޔިތުން އަޅުވެތިކުރުން ކަމާއި އިސްލާމްދީނުގެ ނިޒާމުން ނޫނީ މިއިން އެއްކަމެއްވެސް ހައްލު ނުވާނެކަން އެންމެ ރަނގަޅަށް އެންގޭނެ އެކަކީ މުޙައްމަދު ނަޝީދެވެ. އަދި އެކަން އެމީހުންގެ ދަރިންނަށް އެނގޭފަދައިން، އެމީހުންވެސް ދަންނާނެ ކަމުގައި މާތްކަނލާގެ އާޔަތް ބާވާލައްވާފައިވެއެވެ. އަޅެފަހެ ދިވެހިން އެ މާތްވެގެންވާ ފޮތާއިމެދު ޝައްކު ކުރަނީ ހެއްޔެވެ؟ މަރު ގައިމިއްޔާ އެއީ ގައިމު ޔަޤީން އާޔަތްތަކެވެ.
ދެންފަހެ! އިހަކަށްދުވަހަހަކު އެމްއެންބީސީގެ މުވައްޒަފެއްގައިގައި މީހަކު ކަޓަރު އެޅުމުން އެކަމާއި މީޑިޔާގެ ހުރިހާ މީހުން އެއްވިއެވެ. ބައެއްމީހުންގެ ނަޒަރުގައި ނޫސްވެރިންނަކީ މާ މާތްބައެކެވެ. އެމީހުންނަށް އެއްވެސް ވައްތަރެއްގެ ޙަމަލާއެއް އެއްވެސް ފަރާތަކުން ދީގެންނުވާނެއެވެ. އެކަމާއި ކޮމިޝަނަރު ދެއްކިވާހަކައަކީ މަސްތުވެފައިވާމީހުންނަށް ސަރުކާރުގެ ބޭލިފައިވާ ޚިޔާނާތުގެ ސޯޓް ދައްކާލިކަމަކަށެވެ. އެހެނީ ކޮމިޝަނަރު ފަސީޙް އަހްމަދު އޮފްދަރެކަޑް ގައި ވަރަށް ސާފު ދިވެހިބަހުން ބުނެފައިވެއެވެ. ” މި ދިޔަ ކެންޕޭން ތެރޭގައި ޖަގަހައަކުންވެސް އަޅުގަނޑުމެން މީހަކު ހައްޔަރު ކުރިން އެއީ ކޯޓުން 12 އަހަރު ދުވަހުގެ ހުކުމެއް ކޮށްފައިވާ ކުށްވެރިއެއް. އޭނާ ދޫކޮށްލާފައިވަނީ ސިޔާސީ ފަރާތްތަކުން. ދެން ކިހިނެއްތޯ އަޅުގަނޑުމެން ހަދާނީ”.
މިފަދަ ޢިބާރާތްތައް އޮފްދަ ރެކޯރޑްގައި ބުނާއިރު ސުވާލަކީ މިކަންކަން ނުވަންޏާ ދެންކީއްވެގެންތޯ އިސްތިއުފާ ނުދެއްވައި ހުންނަވަނީ. ނުވަތަ އެހެން ރައްޔިތުންގެ ފުރާނައަކީ ކޮމިޝަނަރުގެ ފުރާނަޔަށްވުރެ އަގުހެޔޮ އެއްޗަކީތޯއެވެ؟ ވަޒީފާގައި އެ ހުންނަވަނީ އަމިއްލަ އިޚްތިޔާރުގައެވެ. ލަދުފުޅެއްވެސް ވަޑައިނުގަންނަވައެވެ. ކިހާ ރީތިތޯއެވެ؟ މިއީ ރާއްޖޭގެ ޕޮލިސް ކަމިޝަނަރު ދައްކަވަން ޖެހޭ ވާހަކަ ހެއްޔެވެ؟ ކަންކަން ނުވަންޏާ ނުވަތަ އުސޫލާއި ޚިލާފަށް ދަންޏާ ތިމާ މީހާ އިސްތިއުފާ ދިނުމަކީ އިންސާފު ނޫންތޯއެވެ؟ އަނެއްކޮޅުން އެ 12 އަހަރަށް ޖަލަށް ޙުކުމް ކޮށްފައިވާ މީހާ ދޫކުރީ ކޯޓްގެ ޙުކުމަށް ފަހުގައެވެ. އަދި ދިވެހިރައްޔިތުންގެ ތެރެއިން ޑިމޮކްރަސީގެ ނަޖިސް އެޅިފައިތިބި މޮޔަމީހުން ހީކުރާނީ މިއޮތީ ތިންބާރު ވަކިވެފައިކަމަށެވެ. ބަލަގަ މޮޔަތަކާއެވެ. ތިންބާރު ވަކިވެ ނުފޫޒެއް ނެތްނަމަ ކޯޓްތަކުން ޢިއްޒަތްތެރި ޤާޒީން އެ ކުރައްވަމުން ގެންދަވާ ޙުކުމްތައް ތަންފީޒުވާކަށް ނުޖެހޭހެއްޔެވެ؟ ކޯޓަކާ ކޯޓެކެވެ. ޙުކުމް ކުރުމަކީ މިއަދު ކުޅޭކުޅޭ ކަމަށް މިއޮތީ ހަދައިފާކަން ރައްޔިތުން ހަމަރަނގަޅަށް އެނގެއެވެ. މިއީ މިއަދުގެ ރައީސްމީހާ އެބުނާ ތިންބާރުވަކި ޑިމޮކްރަސީއެވެ. ރީތި ވެއްޖެނޫން ހެއްޔެވެ؟
ނިކަން ވިސްނަވާށެވެ. ކޯޓުން ޙުކުމް އިއްވުމަށްފަހުވެސް ރައީސް މީހާއަށް މަޢާފް ކުރެވެއެވެ. މިއީ އަޅެ ކޮން ނިޒާމެއްހެއްޔެވެ؟ ދެން މަޢާފް ދެވެންޏާ ކީއްކުރާ ޙުކުމެއް ހެއްޔެވެ؟ ޙުކުމް ނުކޮށް މަޢާފް ދޭންވީ ނޫންހެއްޔެވެ؟ އެއިރުން ގައިމު ވަގުތާއި ފައިސާތަކެއް އަނެއްކާވެސް ސަލާމަތް ކުރެވޭނެއެވެ. ދަންނަވަންތޯއެވެ؟ މިއީ ކުޅޭ ކުޅިވަރެކެވެ. ކޮމިޝަނަރަށް މިވާ ނުވާ އެގި އިސްތިއުފާ ނުދެއްވައި އެކަންކަން ހިންގަން ހޯމް މިނިސްޓަރު އަނގައިން ބަހެއް ނުނެރެ މިތިބޭ މިއީ ގަސްތުގައި ހިންގާ ޖަރީމާތަކެއްކަމާއިމެދު މިއަދު ދިވެހިން ޝައްކެއްނުކުރެއެވެ.
ކުރަން ބޭނުވާ ކަންކަން އެހަރަވަނީއެވެ. ޑޮލަރު ބޮޑު ކުރަނީއެވެ. އެއަރޕޯޓް ކުއްޔަކަށް ނުދޭހެއްޔެވެ؟ ދިރާގު ވިއްކާ ނުލާ ހެއްޔެވެ؟ މި ނޫންވެސް ސަރުކާރުން ބޭނުންވާ ކަންކަން ނުކުރޭ ހެއްޔެވެ؟ ސިޔާސީ މަޤާމްތައް އުފައްދައިގެން ބޮޑެތި ސިންގާ މުސާރަތައް ނުދެވޭ ހެއްޔެވެ؟ ދަންނަވަންތޯއެވެ؟ ސަރުކާރުން ބޭނުން ހުރިހާ ކަމެއް އެދަނީ ރައްޔިތުންގެ ނުރުހުމުގައި ކުރަމުންނެވެ. އޭގެ މާނައަކީ ދިވެހިރައްޔިތުންގެ ލެއާއި މުދަލާއި އަބުރަކީ ސަރުކާރަށް މުހިއްމު ކަމެއްނޫނެވެ. އެމީހުން ބޭނުންވަނީ މީހުން މަރައިގެންވެސް ޔަހޫދީންނާއި ގުޅިގެން ވެރިކަންކުރާށެވެ. އެއީ ޔަހޫދީންގެ އަސްލުސިފައެވެ. ޔަހޫދީންނާއިގުޅޭނީ ޔަހޫދީންނެވެ.
މީހުން މަރާތީ އިއްޔެއިން ފެށިގެން ގައުމީ ޓީވީގައި ކެންޕޭން ފަށައިފިއެވެ. މިއީ ހަމަ ހުސްޑްރާމާއެވެ. އެހެން ނޫންނަމަ އެކަންކަން ހުއްޓުވަން މިއަހަރު ފެށުނުތަނާ ފެށީހެވެ. ނަމަވެސް މެންދުރުފަހާއި ހެދުނުފަހާ ގެނެސް ބަރަހަނާ މަންޒަރުތަކުން ފުރިބާރުވެފައިވާ ލަވަ ދެއްކުން ނޫން ކުރާކަމެއްނެތެވެ. ހަފްތާއަކު 45 ގަޑިއިރަށްވުރެ ގިނައިން މިއުޒިކް ގެނެސް ދެނީ މާރާމާރީ ހުއްޓުވަންތޯއެވެ؟ އަޅެ ދިވެހިރައްޔިތުންނޭވެ. މިއީ ދިވެހިރައްޔިތުންގެ އަޚްލާޤް ބިނާ ކުރަން ސަރުކާރުން ކުރުވާ ކަންކަން ހެއްޔެވެ؟ މިދިޔަދެ އަހަރުވެސް އެންމެ ބޮޑު ޚަރަދެއްކުރީ އެމްއެންބީސީން ލަވަ ކިއުއްވާށާއި ގިޓާ ކުޅުވާށެވެ. އެއީ މަސްތުވާ ތަކެއްޗާއި ބަނގުރަލާއި ކިހާ ގުޅުންހުރި ނުވަތަ އެކައްޗެއްކަން ނޭނގޭ މީހަކު އެބަ އުޅޭ ހެއްޔެވެ؟ އަދި މާރާމާރީ ހިންގައި މީހުން މަރަނީ ބަނގުރާ ބޮއިގެންކަން 26 މާރޗްގެ ރޭޑިޔޯ ޚިތާބުގައި އޮޅިގެން ނަމަވެސް ރައީސް މީހާ ވަނީ އެއްބަސްވެފައެވެ. މިހިރަ މިހިރަ ކަންކަމުން އަދިވެސް އިބްރަތް ލިބިގަންނާކަށް ނުވޭތޯއެވެ؟ ޑިމޮކްރަސީއޭ ކިޔައިގެން ރަމްޒީ ދަޅައެއް ދައްކައިގެން ބިރުވެރިކަންމަތީ އަނގަޔާއި އަތާ ދިމާނުވެ އަޅުވެތި ކަމުގައި ތިބޭނީތޯއެވެ؟ ކޮންމެ މީހަކު މިސުވާލު އަމިއްލަ ނަފްސާއި ކޮށްލާށެވެ.
އޭ ދިވެހި މުސްލިމުންނޭވެ! އަހަރެމެންނަކީ އިސްލާމުންނަށް ނިސްބަތްވާ މީހުންނެވެ. ތާރީޚްތައްނަގާ ކިޔާށެވެ. އަހަރެމެންގެ ކާބަފައިން ހަނދާން އާކުރާށެވެ. ހިންދު ކަރައިން އަންހެނަކު ހައްޔަރުވެގެން އެ ނިކަމެތި މުސްލިމް އަންހެނާ ޚަލީފާއަށް ސިޓީ ފޮނުއްވިއެވެ. އެހިނދު ޝާމް ކަރައިން ދަމާލި ލަޝްކަރުގެ ނިމޭ ހިސާބަކީ ހިންދުކަރައިގެ އެ އަންހެން މީހާ ބަންދުވި ހިސާބެވެ. ކުޑަކުޑަ ކުކުރުމަކަށް ކަނޑީގެ ވިދުން ފެނިގެންދާ އިސްލާމުންގެ އަދްލުވެރިކަމާއި އިންސާފުގެ ސަބަބުން އޭނާ މިނިވަން ކުރިއެވެ. އެއީ ކާބަފައިންނެވެ. އެއީ ހަމަ އަހަރެމެންގެ ލެއެވެ. އެ ލެއަށް އަހުރެން ނަފްސުން ޣީރަތްތެރިކަން ފާޅު ކުރާ ޙާލު ބުނަމެވެ. އައްޑޫގައި އިއްފަތް ފޭރިގަނެވިގެން ދިޔަ އަންހެނާއަކީ އަހުރެންގެ މަންމަފަދަ މީހެކެވެ. އެ ނިކަމެތި އަންހެނާގެ ހައްޤުގައި މި ދީބުގެ ޝަހާދަތް ކިޔައިގެންތިބެ އިސްލާމުންކުރީ ކޮން ކަމެއްހެއްޔެވެ؟ އަހުރެން ފަހެ ކަލޭމެންގެ ޣީރަތްތެރިކަމަށް ގޮންޖަހަމެވެ. އަދި ﷲ އަށް ލަދުގަނެ ނަފްސުގެ ނިކަމެތިކަމުން ނިކުންނަމެވެ. އަހަރެން މިހުރީ ކަނޑި ތޫނު ކޮށްގެންނެވެ. ސަރުކާރަށް މިކަން ނުވަންޏާ ދެނަކާ ދެނެއްނެތި ނިކުންނަމާ ހިނގާށެވެ. އަހަރެމެންގެ ތެރެއިން 10 މީހުންގެ ލޭ ބިމަށް އެޅޭ އިރު ކަންކަން ހައްލުވާނެ ކަމީ ޝައްކެއް ހުރި ކަމެއްނޫނެވެ. ދީނަށްޓަކައި ލޭހަދިޔާ ކުރުމުގެ އަސްލުވަގުތު މިއޮތީ ޖެހިފައެވެ. އެހެނީ އެކަނލާގެ ފޮތުގައި މުސްލިމުންގެ ލެއާއި މުދަލާއި އިއްޒަތަކީ ހުރުމަތް ތެރިވެގެންވާ ތަކެއްޗެވެ. އެނޫން ހަލާތެއްގައި ދިރި ތިބޭށޭ ކިޔައިގެން ޖަހައްނަމައިގެ ދަރުބުރި ތަކަކަށް ވުމުގެ ބަދުނަސީބު ލިބޭނެ ކަމެއްނެތެވެ. މައިދާނަށް ނިކުންނާށެވެ. ﷲ އަކްބަރު ! ﷲ އަކްބަރު! ﷲ އަކްބަރު

ރާއްޖެ އިސްލާމް

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s